ރައީސް އަބްދުﷲ ޔާމީން ބޭނުންވާ ނަތީޖާ ރިޔާސީ އިންތިހާބުން ނެރުމަށް މަސައްކަތްކުރަނީ ވޯޓު އޮޅުވާލައިގެން ކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ރިރަޖިސްޓްރީ ކުރުމަށްޓަކައި އެމްޑީޕީ ހަރުގޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާއި ބައްްދަލު،ކުރައްވައި އިބޫ ވިދާޅުވީ ރައީސް ޔާމީން ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކާމިޔާބު ކުރައްވަން އުޅުއްވާ ތަނެއް ނުފެންނަ ކަމަށެވެ.
އަދި މުޅިވެސް ފެންނަނީ ވޯޓު އޮޅުވާލަން މަސައްކަތް ކުރައްވާ މަންޒަރުކަމަށް އިބޫ ވިދާޅުވިއެވެ. އެގޮތުން ރިސޯޓު މުވައްޒަފުންނަށް ވޯޓު ކލުން ހަނި ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިބޫ އަލިއަޅުވާލެއްވިއެވެ.
އިބޫ ވިދާޅުވީ މިހާރު އޮތް އިލެކްޝަން ކަމިޝަން އޮވެގެން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެކަމާއި މެދު ޝައްކުކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ޕާޓީ ލީޑަރުން އަޅުއްވަން ޖެހޭ ކަމަށާއި، އެކަމަށްޓަކައި ހައްޔަރުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މިނިވަން ކުރަންޖެހޭ ކަމަށެވެ.
އިބޫ ދާދި ފަހުން ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ރައީސް ޔާމީން 40،000 އެތައް ވޯޓެއް އޮޅުވާލަން ޖެހޭނެކަމަށެވެ.