ވަތަނިއްޔާ މޯލްޑިވްސް އިން ފޯޖީ ތައާރަފްކޮށް ރާއްޖޭގައި އެންމެ ފުރަތަމަ 100 އެމްބީޕީއެސް އާއި ހަމައަށް އިންޓަނެޓް ފޯރު ކޮށްދޭން ފަށައިފި އެވެ.
ވަތަނިއްޔާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން އެ ކުންފުނިން ފޯޖީ ހިދްމަތް އަޖުމަ ބަލާލަން ފުރުސަތު ހުޅުވާލާފައިވާ އިރު އެލްޓީއީ ސަޕޯޓްކުރާ ޑިވައިސްތަކުން މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.
ވަތަނިއްޔާ އިން ބުނީ މި ވަގުތު މާލޭގެ ބައެއް ސަރަހައްދުތަކަށް މި ހިދުމަތް ލިބޭނެ ކަމަށެވެ.
4 ޖީގެ ހިދްމަތް ރާއްޖޭގައި އިފްތިތާހުކޮށް ދެއްވީ ކަނެކްޓް ފެއާގައި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އެވެ. ރާއްޖެ އަށް އެންމެ ފުރަތަމަ ތްރީޖީ ވެސް ތައާރަފް ކުރީ ވެސް ވަތަނިއްޔާއިންނެވެ.