Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ސަރުކާރާ މަޝްވަރާ ކުރާނެ މާހައުލެއް ނެތް: އިބޫ

އިދިކޮޅު ފަރާތްތަކާއި އެކު ސަރުކާރުން މަޝްވަރާ ކުރަން ބޭނުން ނަމަވެސް އެފަދަ މާހައުލެއް މިވަގުތު ރާއްޖޭގައި ނެތްކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްްޖެއެވެ.

ރިޔާސީ އިންތިހާބަށް ރިރަޖިސްޓްރީ ކުރުމަށްޓަކައި އެމްޑީޕީ ހަރުގޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާއި ބައްްދަލުކުރައްވައި އިބޫ ވިދާޅުވީ ސަރުކާރުން މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ހުށަހެޅި ހުށަހެޅުން ލިބިފައިވާކަމަށެވެ. ނަމަވެސް އެ ދައުވަތު ގަބޫލް ނުކުރައްވާކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އޯލް-ޕާޓީ ޓޯކްސް ބާއްވާނެ މާހައުލެއް ނެތްކަމަށާއި، ބޭނުންވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށެވެ. އަދި އެފަދަ އިންތިހާބަކާއި ނުލައި ދައްކަން ޖެހޭ ވާހަކައެއް ނެތްކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ހަމައެކަނި ސަރުކާރާއި އެކު މެދުވެރިއެއް ނެތި ވާހަކަދައްކައިގެން ނުކުންނާނެ ނަތީޖާއެއް ނެތްކަމަށެވެ.

އިއްތިހާދުގެ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމާއި އެކު ސަރުކާރުން ވަނީ މަޝްވަރާގެ މޭޒު ދޮށައް އައުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ. ނަމަވެސް ސިޔާސީ ލީޑަރުން މިނިވަން ނުކޮށް މަޝްވަރާއަށް ނުދާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.