Last Updated: April 20, 17:52
Saturday, April 20, 2024
ޚަބަރު

ވަޒީފާއަށްޓަކައި ނަފްސު ވިއްކައި ނުލާ: ޑރ. އިޔާޒް

ވަޒީފާއަށްޓަކާ ތިމާގެ ނަފްސު ވިއްކާ ނުލުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒް ނަސޭޙަތްތެރިވެ ވަޑައިގެންފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ " ވަޒީފާއަށްޓަކާ ތިމާގެ ނަފްސު ވިއްކާ ނުލާށެވެ. ވަގުތީ ގޮތުން ލިބޭ އުފަލާއި އާމްދަނީ އަށްވުރެ ތިމާގެ އަބުރު ރައްކާތެރިކުރުން މުހިއްމެވެ" މިފަދައިންނެވެ.

ވަކި ބޭފުޅަކަށް އަމާޒު ކުރެއްވުމަކާއި ނުލާ ޑރ. އިޔާޒް ވިދާޅުވި މި ބަސްފުޅު ހަމަ ކޮންމެ ބޭފުޅަކަށް ވެސް އަމާޒުވާނެއެވެ. ވަރަށް ބޭނުންތެރި ބަސްކޮޅެއްކަން ޔަގީނެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވި އިރު ފަހަކަށް އައިސް ވަޒީފާގެ ބިރު އޮތީމަ އެވެނިކަމެއް މިވެނިކަމެއް ނުކޮށް ނުހުރެވިގެން ކުރަމުން ދަނީ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމުގެ އަޑު ވަނީ ފެތުރިފައެވެ. ކުރަން ބޭނުން ނޫން ކިތަންމެ ކަމެއް ވަޒީފާ ގެއްލިދާނެތީ ކުރަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ.

ޑރ. އިޔާޒް އަކީ ރައީސް ޔާމީނުގެ ސަރުކާރަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.