Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ބާރަ ފަހަރު މަޝްވަރާއަށް ހުށަހަޅައިފިން: ޔާމީން

އިދިކޮޅު ފަރާތްތަކަށް މަޝްވަރާއަށް އައުމަށް ސަރުކާރުން މިހާތަނަށް 12 ފަހަރު ހުށަހަޅާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮލު ފަރާތްތަކަށް 12 ފަހަރަށް މިހާތަނަށް މަޝްވަރާއަށް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެފަރާތްތަކަށް މަޝްވަރާގެ މޭޒުދޮށައްް އަންނާކަށް ނުކެރުނުކަމަށެވެ.

ރައީސް ވިދާޅުވީ އެފަރާތްތަކުން ބަހަނާ ދައްކަނީ އެކި ކުށްތަކުގައި ތިބި ބަޔަކު މިނިވަން ކުރުމަށްކަމަށެވެ. ނަމަވެސް އެކަމަކީ ރައިސް ޔާމީނަށް ކުރެއްވޭނެކަމެއް ނޫންކަމަށް ތަކުރާރު ކުރެއްވިއެވެ.

ރައީސް ޔާމީން މަޝްވަރާގެ ވާހަކަފުޅު ދެއްކެވިއިރު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ސަރުކާރާއި އެކު މަޝަވަރާ ކުރާނެ މާހައުލެއް ނެތް ކަމަށެވެ.