Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ޔާމީން ނޫނީ ހަރު މީހަކަށްވީ ފަހުން ފޫޅު ވެއްޓުނު މީހަކު ނުދެކެން: ޝިފާޒް

ރާއްޖޭ ޑިމޮކްރަސީ އޮތީ ޅަފަތުގައި ނޫން ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީގެ "ފޫޅުވެސް" ކަނޑާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވުމާއި ގުޅިގެން އެބަސްފުޅަށް ރައްދު ދެއްވާ އެމަނިކުފާނު ނޫނީ އުމުރުން ދުވަސްވެ، ހަރު މީހަކަށްވީ ފަހުން ފޫޅު ވެއްޓުނު މީހަކު ނުދެކޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ސިޔާސީ ފަރާތްތަކުގެ ބަހުގެ ހަމަލާ ބަދަލު ކުރާ މާލަމަކަށް ފަހަކަށް އައިސްވެފައިވާ ޓްވީޓާގައި ޝިފާޒް މިއަދު ކުރެއްވި މި ޓްވީޓްގައި ވިދާޅުވެފައިވަނީ " ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނޫނީ އުމުރުން ދުވަސްވެ، ހަރު މީހަކަށްވީ ފަހުން ފޫޅު ވެއްޓުނު މީހަކު ނުދެކެން. އެހެން ވީމަތާ ފޫޅު ވެއްޓެނީ އެންމެ ޅަފަތުގައިކަން ހަނދުމައިގަ ނުހުންނަނީ" މިހެންނެވެ.

ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ގެނެސްފައިވާ ޑިމޮކްރަސީ ކަމުނުގޮސްގެން، އުޅެނީ ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީހުންނަށް ކަމަށެވެ.