Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޕާކިން ސްޓިކާ ޖަހައިގެން 2015 އާއި 2016 އަހަރު ކުރި ޖޫރިމަނާ މައާފްކޮށްފި

ގަވާއިދާއި ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގައި ޖަހާފައިވާ ޓްރެފިކް ސްޓިކާތަކުގެ ފީ މައާފުކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.

ރިޔާސީ އިންތިހާބަށް 66 ދުވަހަށް ވެފައިވަނިކޮށް މައާފުކޮށްދޭން ނިންމާފައިވަނީ 2015 އަދި 2016 ގައި ޖަހާފައިވާ ސްޓިކާތަކުގެ ފީއެވެ.

ރައްޔިތުންނަށް ދަތިވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވި މި ނިންމެވުން އިއުލާން ކޮށްފައިވަނީ މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި، ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޝިޔާޒްއެވެ.

އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ ރައްޔިތުންގެ ދަތިކަން ފިލުވާ ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ރައީސެއް ކަމަށެވެ. އެގޮތުން މިއީވެސް އެމަނިކުފާނުގެ ހެޔޮފުޅުކަމުން ރައްޔިތުންނަށް ފޯރުކޮށްދެއްވި ލުޔެއް ކަމަށް އަލިއަޅުވާލައި ޝިޔާޒް ވާހަކަ ދެއްކެވިއެވެ.

ޝިޔާޒް އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީން މައާފް ކޮށްދެއްވީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ޖޫރިމަނާތަކެވެ. އެހެންކަމުން ނިމިގެން ދިޔަ އަހަރާއި މިހިނގާ އަހަރުގެ ޖޫރިމަނާތައް ނުދައްކާނަމަ އެފައިސާ ދެއްކުމަށް އިލްތިމާސް ކޮށްފައިވެއެވެ.