Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އުރީދޫން އެއާ އެމްބިއުލާންސެއް ހަދިޔާ ކުރަނީ

މުވާސަލާތީ ޚިދުމަތް ދެމުން އަންނަ އުރީދޫ ކުންފުނިން ރާއްޖެއަށް އެއާ އެމްބިއުލާންސެއް ހަދިޔާ ކުރަން ގަސްދުކޮށްފައިވާ ކަން އިއުލާންކޮށްފިއެވެ.

އުރީދޫން މަތިން ބަލިމީހުން ދަތުރުކުރުމަށް އެއާ އެމްބިއުލާންސްއެއް ހަދިޔާ ކުރަން ނިންމާފައިވާކަން އިއުލާން ކުރީ މިއަދު އެކުންފުނިން ހަދިޔާ ކުރި ތިން ސީ އެމްބިއުލާންސް ހަވާލުކުރުމުގެ ރަސްމިއްޔާތުގައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވެފައިވަނީ މިއީ އުރީދޫގެ ފަރާތުން ދިވެހި ރައްޔިތުންނަށް އަނެއްކާވެސް ދޭ ހަދިޔާއެއް ކަމަށެވެ. އުރީދޫއިން ތިން ސީ އެމްބިއުލާންސް ހަދިޔާ ކޮށްފައިވާއިރު އެކުންފުނިން އަންނަނީ ރައްޔިތުންނަށް ފައިދާހުރި ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

އާންމު ގޮތެއްގައި ސީރިއަސް ބަލިމީހުން ގެންދަނީ އާދައިގެ މަތިންދާ ބޯޓޫގައެވެ. ބައެއް ފަހަރު ޗާޓަރު ފްލައިޓުތަކުގައި ވެސް ސީރިއަސް ބަލިމީހުން އިތުރު ފަރުވާއަށް ގެންދާއިރު އެއާ އެމްބިއުލާންސް އަކީ ބަލި މީހުން ދަތުރުކުރުމަށް ޚާއްސަ އުޅަނދެކެވެ.