Last Updated: March 29, 13:37
Friday, March 29, 2024
ޚަބަރު

ބޭރަށް ހިންގި 3،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) - ފޮޓޯ: ވަގުތު

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެ މިހާތަނަށް 3049 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނި ގޮތުގައި މި އަހަރުގެ ކުރީ ކޮޅު ބޭރަށް ހިންގުން ގިނަވި ކަމަށާއި ފެބްރުއަރީ މަސް ނިމި މާޗް މަހުގެ ނިޔަލަށް އެ އަދަދު ދަށްވި ކަމަށެވެ. ނަމަވެސް މެއި މަހާއި އަޅައި ބަލާއިރު ޖޫން މަހު ބޭރަން ހިންގުން އަނެއްކާ ވެސް އިތުރުވި ކަމަށް ވެސް އެ އޭޖެންސީ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ ބޭރަށް ހިންގުން ޖެހިގެން ޖޫން މަހުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނާއި ހދ، ނ، ރ، އަދި ލ. އަތޮޅުން ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުން ބޭރަށް ހިންގުން ޖެހިގެން 1170 ރިޕޯޓް ލިބިފައިވާ އިރު، އަތޮޅުތަކުން ލިބުނީ ޖުމްލަ 1879 ރިޕޯޓެވެ.

ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ އެހެން އަހަރުތަކުގައިވެސް މި ދުވަސްވަރު ބޭރަށް ހިންގުން އިތުރުވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެބަލިތައް ހާއްސަކޮށް އުޅެނީ މާލޭގައި ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެން އާއްމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީޢާއިން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ފަރާތުންނެވެ.