Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ހަތް ރިސޯޓްގައި ވޯޓް ފޮށި ބަހައްޓަން ރަނގަޅެެއް ނޫން"

އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު ފޮށި އެންމެ ހަތް ރިސޯޓުގައި ބަހައްޓަން އިލެކްޝަން ކަމިޝަން (އީސީ)ން ނިންމި ނިންމުން ގަބޫލް ނުކުރާކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަނުން ނިންމުމާއި ގުޅިގެން ރިސޯޓު މުވައްޒަފުންގެ ވޯޓުލުމުގެ ހައްގު ނިގުޅައި ނުގަތުމަށް އެެތައް ބަޔަކު ގޮވާލަމުންދަނިކޮށް އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ޕީޕީއެމްއިން ގަބޫލެއް ނޫން ކަމަށެވެ.

އަދުރޭ ވިދާޅުވީ އެނިންމުން އީސީން ބަދަލުކުރާނެކަމަށް ގަބޫލް ކުރައްވާކަމަށެވެ.

ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ނިންމުން އީސީން ބަދަލު ނުކޮށްފިނަމަ ކޯޓަށް ހުށަހަޅުއްވާނެކަމަށް ކުރީގެ ބަންޑަރަ ނައިބް ހުސްނުއް ސުއޫދުވަނީ ވިދާޅުވެފައެވެ.