Last Updated: April 20, 11:14
Saturday, April 20, 2024
ޚަބަރު

ޔާމީން ދެން ރާއްޖޭގެ ރައީސް ކަމަށް ނާންނާނެ: ނަޝްވާ

އަދީބަކީ އެއްވެސް މީހެއް ނޫން ކަމަށް ދެކިގެން އަދީބާއި މެދު ރައީސް ޔާމީން މިއަދު އަމަލު ކުރި ނަމަވެސް ޔާމީން ދެން ރާއްޖޭގެ ރައީސް ކަމަކަށް ނާންނާނެ ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ބުނެފިއެވެ.

އަދީބު ޖަލުގައި ހުންނާވާތާ 1000 ދުވަސް ވުމާގުޅިގެން މިއަދު ނަޝްވާ ކުރި ޓްވީޓްގައި ބުނެފައިވަނީ ޤާނޫނާއި ހިލާފަށް ހައްޔަރު ކޮށްފައިވާ ސިޔާސީ ކުށްވެރިންގެ ތެރެއިން ގޭބަންދުގެ ފުރުސަތެއް އަދި ގައުމުން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތެއް ވެސް ނުލިބި ޖަލުގައި 1000 ދުވަސް ފުރިހަމަ ކުރި ފުރަތަމަ ބޭފުޅަކީ އަދީބު ކަމަށެވެ.

އިތުރަށް ނަޝްވާ ބުނެފައިވަނީ "އަދީބަކީ އެއްވެސް މީހެއް ނޫން ކަމަށް ދެކިގެން އަދީބާއި މެދު ރައީސް ޔާމީން މިއަދު އަމަލު ކުރި ނަމަވެސް ޔާމީން ދެން ރާއްޖޭގެ ރައީސް ކަމަކަށް ނާންނާނެ." ކަމަށެވެ.

އަދީބު ޖަލުގައި ހުންނަވާތާ 1000 ދުވަސްވެފައިވާ އިރު، އޭނާގެ މައްޗަށް މިހާރު ވެސް ތަފާތު އެކި މައްސަލަތަކުގައި ވަނީ 33 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.