Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޔާމީން ދެން ހޮވައިފި ނަމަ ނުފައިބާނެ: ރޮޒޭ

ފޮޓޯ: ރާއްޖެ.އެމްވީ

30 އަހަރަށް ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަން ޖެހޭ ކަމަށް ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވުމާއި ގުޅިގެން އެވާހަކަ އަށް ރައްދު ދެއްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ރައީސް ޔާމީން މި ފަހަރު ހޮވިއްޖެޔާ ދެން ވެރިކަމަކުން ނުފައިބާނެ ކަން އެނގޭ ކަމަށެވެ.

މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ މިފެންނަން ފެށީ އަސްލު ރޭވުން ކަމަށެވެ. އިތުރަށް ވިދާޅުވީ "އަޅުގަނޑުމެންނަށް އެނގޭ ޔާމީން އަބްދުލްގައްޔޫމް މިފަހަރު ހޮވިއްޖެއްޔާ އޭނާ ދެން މި ގައުމުގެ ވެރިކަމުން ނުފައިބާނެކަން" މިހެންނެވެ.

އިތުރަށް ޓްވީޓްގައި ވިދާޅުވެފައިވަނީ އިސްލާމްދީނޭ ކިޔައިގެން ވައްކަމާއި، ފަސާދަޔާއި، ކޮރަޕްޝަނާއި، ބޭއިންސާފާއި އަނިޔާވެރިކަން 30 އަހަރަށް މި ގައުމަށް ފާކުރަން ޑރ. ޝަހީމް ނޫޅުއްވުމަށެވެ.

މާލޭގައި ދިރިއުޅޭ ހުވަދޫ އަތޮޅު ރައްޔިތުންނާ އެކު، ބޭއްވި ރަސްމިއްޔާތުގައި ހުވަދޫ ބަހުން ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމް ދީނަށް ނަސްރު ދޭހާ ހިނދަކު، އިތުރު ދައުރުތަކުގައި ވެރިކަން ކުރެއްވުމަށް ރައީސް ޔާމީނަށް އާދޭސް ދަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ދުނިޔޭގައި ހުރިހާ ހިނދަކު އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.