Last Updated: April 19, 06:24
Friday, April 19, 2024
ޚަބަރު

12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ހުކުމް ފަސްކޮށްފި

ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުން. ފޮޓޯ/ ހުސައިން ހަސަން

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮޑީގެ މައްސަލައިގެ ހުކުމް ކުރަން ބާއްވަން މިއަދަށް ތާވަލް ކުރި ޝަރީއަތުގެ މަޖްލިސްގެ ކެންސަލްކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް ކުރުން ސުޕުރީމް ކޯޓުން ފަސް ކުރި ސަބަބެއް ސާފެއް ނުވެއެވެ.

12 މެމްބަރުންގެ މައްސަލާގައި އެންމެ ފަހުން ސުޕުރީމް ކޯޓުގައި އަޑުއެހުމެއް ބާއްވާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ ސުޕުރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށްފަހު އިޖުރާއު ފުރިހަމަ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

12 މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ފަހުން އެކޯޓުން ވަނީ ބާޠިލްކޮށްފައެވެ.