Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ބައްތީ ގުލް މީޓަރު ޗާލޫ" ސެޕްޓެމްބަރު 21 ގައި

ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރްގެ ފިލްމް "ބައްތީ ގުލް މީޓަރު ޗާލޫ" ރިލީޒް ކުރާ ތާރީހު ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ކުރިން އަންނަ މަހުގެ 31 ގައި ރިލީޒް ކުރަން އޮތް ފިލްމް ފަހުން ވަނީ ސެޕްޓެމްބަރު މަހުގެ 14 އަށް ފަސްކޮށްފަ އެވެ.

އެ ދުވަހަށް ތާވަލުކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" އާއި ކިރިތީ ސެނަން އާއި ދިލްޖީތު ދޮސަންްޖްގެ "އަރްޖުން ޕަޓިއާލާ" ގެ އިތުރުން އަޔޫޝްމަން ކުރާނާގެ "އަންދާދުން" ހިމެނެ އެވެ.

ނަމަވެސް "ބައްތީ ގުލް މީޓަރު ޗާލޫ" މިހާރު ވަނީ ސެޕްޓެމްބަރު 21 އަށް ފަސްކޮށްފަ އެވެ.

މި ފިލްމަކީ "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ގެނެސް ދިން ޝްރީ ނާރަޔަން ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ބައްތީ ގުލް މީޓަރު ޗާލޫ" ގެ ކާސްޓުންގެ ތެރޭގައި ޔަމީ ގޯތަމް ވެސް ހިމެނެ އެވެ.