Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ސިޔާދު މިނިވަންވީތީ އުފާ ކުރަން: އިބޫ

ސިޔާދު ގާސިމް - ފޮޓޯ: ރާއްޖެ އެމްވީ

ބޭއިންސާފުގެ ބަންދުން ސިޔާދު ގާސިމް މިނިވަންވުމަކީ ލިބުނު ބޮޑު އުފަލެއްކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ ވިދާޅުވީ އަނިޔާވެރިކަން ކޮޅުންލައި، ބޭއިންސާފުން 5 މަހާއި، 13 ދުވަސް ޖަލުގައި ބަންދުކޮށްފައި ހުރުމަށްފަހު، ސިޔާދު ގާސިމް މިއަދު ކޯޓުން މާލެ ބަންދަށް ދޫކޮށްލާފައިވާތީ އުފާކުރާ ކަމަށެވެ.

އިބޫ ވަނީ ސިޔަދާއި، ނުހައްގުން ޖަލުގައި އަނިޔާ ލިބެމުންދާ ހުރިހާ ފަރާްތްތަކެއް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފައެވެ.

ޝަރުޠު ތަކަކާއި އެކު ސިޔާދު ދޫކޮށްލާފައިވާއިރު ދައުލަތުން ސިޔާދުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.