Last Updated: May 17, 06:35
Friday, May 17, 2024
ޚަބަރު

36 ރިސޯޓެއްގައި ވޯޓް ފޮށި ބަހައްޓަން ނިންމައިފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން - ފޮޓޯ: މޯލްޑިވްސްޓައިމްސް

ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކިމަޝަނުން ނިންމި ނިންމުން ބަދަލުކޮށް ޖުމްލަ 36 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމައި ރީރަޖިސްޓްރޭޝަންއަށް ހުޅުވާލައިފިއެވެ.

އިލެކްޝަން ކަމިޝަނުން ރޭ ބުނީ ކުރިން ވޯޓު ފޮށި ބަހައްޓަން ނިންމި ހަތް ރިސޯޓުގެ އިތުރުން އިތުރު 29 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެރިސޯޓުތަކުން 100 އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ރީ -ރަޖިސްޓްރީވުމުން ކަމަށް އިލެކްޝަނުން ބުނެއެވެ.

އިލެކްޝަނުން ބުނީ އަލަށް ވޯޓު ފޮށި ބަހައްޓަން ނިންމި ރިސޯޓުތަކުގެ ތެރެއިން 100 މީހުން ރީ ރަޖިސްޓްރީ ނުކުރާ ރަށްތަކުގައި ވޯޓުފޮށި ނުބަހައްޓާނެކަމަށާއި ނަމަވެސް އެވޯޓު ފޮއްޓަކަށް ރަޖިސްޓްރީވީ މީހުން ކައިރި އެހެން ވޯޓު ފޮއްޓަކަށް ރީރަޖިސްޓްރީ ވުމަށް 3 ދުވަހުގެ މުއްދަތެއް ދޭނެކަމަށެވެ.

އަދި އެގޮތަށް އެހެން ވޯޓު ފޮއްޓަކަށް ރީ ރަޖިސްޓްރީ ނުކުރާނަމަ އެމީހަކު ރައްވެހިވެފައިވާ ރަށެއްގެ ވޯޓު ފޮއްޓަކަށް ރަޖިސްޓްރޭޝަން ބަދަލު ކުރާނެކަމަށް އިލެކްޝަންއިން ވަނީ ބުނެފައެވެ.

އަލަށް ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް:

  • ޖޭއޭ މަނަފަރު
  • ލަކްސް ސައުތު އަރިއެޓޯލް، މޯލްޑިވްސް
  • ކުރުނބާ މޯލްޑިވްސް
  • ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާ
  • ގިރިލަންކަންފުށި
  • ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް
  • ހުވަފެންފުށި ރިސޯޓު އެންޑް ސްޕާ
  • އަދާރަން ސިލެކްޓް ހުދުރަންފުށި
  • އަނަންތަރާ ކިހާވަށް ވިލާސް
  • ވައްކަރު މޯލްޑިވްސް
  • ވެލައްސަރު މޯލްޑިވްސް
  • އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް
  • ކޮކޯ ބޮޑު ހިތި
  • ކުޑަފުށި ރިސޯޓު އެންޑް ސްޕާ
  • އެޓްމޮސްފިއަރ ކަނިފުށި މޯލެޑިވްސް
  • ބަރޮސް މޯލްޑިވްސް
  • ޗެވަލް ބްލޭންކް ރަންދެލި
  • ކްލަބް މެޑް ކަނިފިނޮޅު
  • ކޮކޫން މޯލްޑިވްސް
  • ކޮންސްޓަންސް ހަލަވެލި ރިސޯޓު
  • އަމާރި ހަވޮއްޑާ މޯލްޑިވްސް
  • ގްރޭންޑް ޕާކް ކޮދިއްޕަރު މޯލްޑިވްސް
  • ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • ކަނުހުރާ
  • މިލައިދޫ އައިލެންޑް މޯލްޑިވްސް
  • އޯޒެން ބައި އެޓްމޮސްފިއަރ އެޓް މާދޫ
  • ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • ނިޔަމަ މޯލްޑިވްސް
  • ވަން އެންޑް އޮންލީ ރީތިރަށް