Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

"ވާދަވެރިޔަކީ ޔާމީނެއް ނޫން، ވާދަވެރިޔަކީ އީސީ"

އަލީ ނިޔާޒު، ފޮޓޯ: ސަން

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ވާދަކުރަން ޖެހެނީ މިހާރުގެ ރައީސް ޔާމީން ނޫންކަމަށާއި ވާދަވެރިއަކީ އިލެކްޝަން ކަމިޝަން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ޖަޒީރާ ރީ ރަޖިސްޓްރޭޝަނަށް ހާއްސަކޮށް ހުޅުވި ޖަހަގަ ހުލުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ އިލެކްޝަން ކަމިޝަނުން އެކި ގޮތްގޮތަށް އިންތިހާބަށް ހުރަސް އަޅަމުން އަންނަ ކަމަށާއި، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށެވެ.

ނިޔާޒު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ބާރު އަޅައި ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމަށެވެ.

އިލެކްޝަން ކަމިޝަނުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓުލެވޭނީ އިލެކްޝަން ކަމިޝަނުން ކަނޑައަޅާ މެމްބަރަކަށް ކަމަށް ނިންމާފައެވެ. އަދި ރިސޯޓުތަކުގައި ހަތް ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ނިންމުން ފާޑުކިއުން އަމާޒުވެގެން އީސީން ވަނީ ބަދަލުކޮށްފައެވެ.