Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި

ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާ ލިބުނު ޒުވާނަަކަށް ފަރުވާ ދެމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 9 ޖަހާކަށް ހާއިރު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަހަށް އަޅާފައި އޮތް ހޮޅިއަކަށް އަރައި ކަހާލައިގެން ވެއްޓިއެވެ. މިހާދިސާގައި އެޒުވާނާގެ ބޮލަށް ސީރިއަސް އަނިޔާ ތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އެޒުވާނާ އިތުރުފަރުވާއަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

ދާދި ފަހުން ވެސް ވަނީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ ޒުވާނަކު މަރުވެފައެވެ.