Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ހުޅުމާލެ ހޮސްޕިޓަލް، ފޮޓޯ: ރާއްޖެއެމްވީ

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނަކަށް ފަރުވާ ދެމުން އެބަދެއެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާގެ ހަށިގަނޑުގެ ހަތް ތަނަަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ މިރޭ 9:30 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފައިވާ 24 އަހަރުގެ ޒުވާނަކަށް ފަރުވާ ދެެމުން އަންނަކަމަށެވެ. އަދި އެޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ބަދަލު ކުރުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންވެސް ވަނީ ހުޅުމާލޭގައި ޒުވާނަކު ޒަހަމްކޮށްލި މައްސަލައެއް ހުށަހެޅިފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.