Last Updated: June 11, 17:05
Thursday, June 11, 2026
ކުޅިވަރު

މިލާނަށް ޔޫރަޕުގައި ވާދަ ކުރުމުގެ ފުރުސަތު ދީފި

އޭސީ މިލާނުން ފައިނޭޝަލް ފެއާ ޕްލޭ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނެ ޔުއެފާއިން އެ ކުލަބާ ދެކޮޅަށް އެޅި ފިޔަވަޅުތައް ކުޅިވަރުގެ އާބިޓަރީ ކޯޓުން ބާތިލުކޮށް، ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕުގައި ވާދަކުރުމުގެ ފުރުސަތު ދީފިއެވެ.

މިލާނާ ދެކޮޅަށް ޔުއެފާ އިން ފިޔަވަޅު އެޅީ 200 މިލިއަން ޕައުންޑަށް ވުރެ ގިނައިން ހޭދަކޮށް ކުޅުންތެރިން ގަނެފައިވާ ކަމަށް ބުނެއެވެ. ޔުއެފާ އިން ވަނީ އޭގެ އަދަބަކަށް މިލާނަށް މިސީޒަނުގައި ޔޫރަޕުގައި ވާދަކުރުމުގެ ފުރުސަތު ނަގާލާފައެވެ.

ނަމަވެސް ކުލަބުން ސުވިޒަލޭންޑުގައި ހުންނަ ކުޅިވަރުގެ އާބިޓަރީ ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރީ އެމީހުން ގަވާއިދުތަކާ ޚިލާފު ނުވާ ކަމަށް ބުނެއެވެ.

މައްސަލަ ބެލުމަށް ފަހު ކޯޓުން މިލާނާ އެއްކޮޅަށް ހުކުމް ކޮށްފައިވުމުން ޔޫރޮޕާ ލީގުގައި ވާދަކުރުމުގެ ފުރުސަތު މިލާނަށް ވަނީ ހުޅުވިފައެވެ.