Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

"އިއްތިހާދެއްގެ ވެރިކަމުގައި ގާނޫނުއަސާސީއާ ނުކުޅެވޭނެ"

އިއްތިހާދެއްގެ ވެރިކަމެއްގައި ގާނޫނު އަސާސީ ބަދަލުކޮށް ނުކުޅޭނެކަމަށް އިއްތިހާދުގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ވެށިފަހި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްްގައި ވެރިކަން ކުރާނީ ހެދިފައިވާ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދޭން ޖެހޭ ހުރިހާ ހައްގެއް ރައްކާތެރިކުރުމާއި އެކު ކަމަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި، ނަމަވެސް މިއަދު ފެންނަނީ ފްލެޓްތަކަށް އެންމެ މަތިން މާކްސް ލިބިފައިވާ މީހުންގެ ބަދަލުގައި، އެންމެ ދަށުން މާކްސް ލިބޭ މީހުންނަށް ލިބޭތަން ކަމަށެވެ.

ނަމަވެސް އިއްތިހާދެއްގެ ވެރިކަމުގައި އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ހަމަހަމަގޮތެއްްގައި ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.