Last Updated: May 21, 11:44
Tuesday, May 21, 2024
ޚަބަރު

އެއާޕޯޓް މުވައްޒަފުން ވަކި ފޮށްޓަކަށް ވޯޓުލާން މަޖްބޫރު!

އެއާޕޯޓު މުވައްޒަފުން ވަކި ވޯޓު ފޮއްޓަކަށް ވޯޓު ލުމަށް މަޖްބޫރު ކުރަމުންދާ ކަމުގެ މައުލާތު ލިބިފައިވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ވިދާޅުވެއްްޖެއެވެ.

ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއާޕޯޓުގެ މުވައްޒަފުން ވޯޓުލުމަށް ވަކި ވޯޓު ފޮއްޓެއް އެއާޕޯޓުގައި ބަހައްޓާ، އެއާޕޯޓު މުވައްޒަފުން އެ ފޮއްޓަށް ވޯޓުލާން މަޖުބޫރު ކުރުވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހަސަން ވިދާޅުވީ މިކަން އިލެކްޝަނުން ބަލަން ޖެހޭ ކަމަށެވެ. އަދި ހައްގު ފޭރިޔަ ނުދިނުމަށް އެއާޕޯޓު މުވައްޒަފުން މިކަމާއި އަޑު އުފުލުމަށް ހަސަން ވަނީ ގޮވާލާފައެވެ.

ރިޔާސީ އިންތިހާބު ސެޕްޓެމްބަރ 23 ވަނަ ދުވަހު ބާއްވާއިރު އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިލެކްޝަން ކަމިޝަނެވެ. އެގޮތުން އިލެކްޝަންގެ ރައީސަކަށް ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފު އައްޔަން ކުރި ހިސާބުން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ދާދި ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ އެންމެ ބޮޑު ވާދަވެރިޔަކީ ރައީސް ޔާމީން ނޫންކަމަށާއި ވާދަވެރިޔަކީ އިލެކްޝަން ކަމިޝަން ކަމަށެވެ.