Last Updated: May 20, 22:14
Monday, May 20, 2024
ޚަބަރު

ރީ-ރަޖިސްޓްރޭޝަން އަވަސް ކުރޭ: ނަޝީދު

އަންނަ ރިޔާސީ އިންތިހާބަކީ ރައްުޔިތުންގެ އެންމެ މަތީ މަސްލަހަތު ކަނޑައަޅާ ނިންމުން ކަމަށާއި 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ ވޯޓު ވަރަށް މުހިއްމުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންތިހާބަށް ރީރަޖިސްޓްރީ ކުރުން އަވަސް ކުރުމަށް އިލްތިމާސް ކުރައްވަމުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަކީ ދިވެހިންގެ އެންމެ މަތީ މަސްލަހަތު ކަނޑައަަޅާ ނިންމުން ނިންމާ އިންތިހާބުކަމަށެވެ. އެހެންވެ ރިސޯޓުތަކާއި، ރަށުން ބޭރުގައި އުޅުއްވާ އެންމެހާ ރައްޔިތުން ރީރަޖިސްޓްރީ ކުރެއްވުން އަވަސް ކުރައްވަން ޖެހޭކަމަށެވެ.

ރައީސް ނަޝީދު މިފަދައިން އިލްތިމާސް ކުރެއްވި އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ގެތަކަށް ޒިޔާރަތް ކޮށް ރީރަޖިސްޓްރޭޝަންގެ މަސައްކަތް ފަށާފައެވެ.

އިދިކޮޅު ރައްޔިތުންގެ މަޖިލީސް މެމްބަރުންދަނީ އެ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ ރީރަޖިސްޓްރޭޝަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ.

އިލެކްޝަން ކަމިޝަނުން ރީ ރަޖިސްޓްރީ ވުމަށް ދީފައިވާ އެންމެ ފަހުގެ ވަގުތަކީ އޮގަސްޓް 11 ވަނަ ދުވަހާއި ހަމައަށެވެ.