އައްޑޫގައި ހައުސިން މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ބައެއް ވެހިކަލްތައް ހޯދަން އިއުލާންކޮށްފި އެވެ.
މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި އައްޑު އަށް ބޭނުންވާ ތަކެތީގެ ތެރޭގައި އޭރިއަލް ޓްރެކްތަކާއި އެކްސްކަވޭޓަރުތަކާއި އަދި ލޯން މޯވާތައް ހިމެނެ އެވެ.
އެހެންވެ މި ތަކެތި ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 3004281 އިން ލިބޭނެ އެވެ.
އައްޑޫގެ މަސައްކަތްތަކަށް ކުރިން ގެނެސްފައި ހުރި ގިނަ އަދަދެއްގެ ތަކެތި ހައުސިން މިނިސްޓްރީން ވަނީ މާލެ ގެންގޮސްފަ އެވެ.