ބީލަމުގެ އުޞޫލުން ރާއްޖޭގެ ބައެއް ފަޅުރަށްތައް ވަރުވާ އަށް ހިފުމަށްއެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ރަށްތައް ހިފުމަށް އެދޭ ފަރާތްތަކަށް ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 23 ޖުލައި ވާ ހޯމަ ދުވަހުން ފެށިގެން 06 އޯގަސްޓު ވާ ހޯމަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ކަމަށެވެ.
އެގޮތުން އެ ގަޑިތަކުގައި އެ މިނިސްޓްރީގެ އިދާރާއިން 20ރ. އަށް އެ ފޯމްތައް ގަންނަން ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެދުނު 9:00 އިން 12:00 އަށް ކަމަށެވެ.
ވަރުވާ އަށް ދޫކުރަން ހަމަޖެހިފައިވާ ރަށްތައް:
1. މ. މާޅަވެލި (އާވެލި) (1.00 ހެކްޓަރ)
2. މ. ދިއްތުޑި (15.78 ހެކްޓަރ)
3. މ. ގޮންގަލީހުރާ (1.00 ހެކްޓަރ)
4. މ. ސީދީހުރާ (1.28 ހެކްޓަރ)
5. މ. ސީދީހުރާވެލިގަނޑު (3.00 ހެކްޓަރ)
6. ފ. ކަނޑުމޫނުފުށި (0.84 ހެކްޓަރ)
7. ފ. އެނބުލުފުށި (1.00 ހެކްޓަރ)
8. ފ. އަދަންގައު (1.29 ހެކްޓަރ)
9. ފ. ވިލިނގިލިވަރުފިނޮޅު (0.10 ހެކްޓަރ)
10. ފ. މަޑިވަރުހުރާ (0.26 ހެކްޓަރ)
11. ފ. މަގޫދޫބޮޑުފިނޮޅު (0.81 ހެކްޓަރ)
12. ފ. ދިގުވަރުފިނޮޅު (0.72 ހެކްޓަރ)
13. ހއ. ކުޑަފިނޮޅު (3.60 ހެކްޓަރ)
14. ހއ. އުމުރަތްފިނޮޅު (1.09 ހެކްޓަރ)
15. ހދ. އިންނަފުށި (2.25 ހެކްޓަރ)
16. ށ. ކުޑަދޫ (3.60 ހެކްޓަރ)
17. ރ. ދިއްކުރެއްދޫ (4.00 ހެކްޓަރ)
18. ޅ. ކަޅުމަންޖެހުރާ (0.70 ހެކްޓަރ)
19. ކ. އިތާފިނޮޅު (0.24 ހެކްޓަރ)
20. އދ. ކަޅަހަނދިހުރާ (1.16 ހެކްޓަރ)
21. ވ. ތުނޑުހުރާ (0.10 ހެކްޓަރ)
އެ މިނިސްޓްރީން ބުނީ ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނެ ތަނާއި ގަޑި އަދި ފަހުން އިޢުލާން ކުރާނެ ކަމަށެވެ.