ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ހަމައެކަނި ވޯޓަކުން ނުނިމޭނެ ކަމަށާއި، ވޯޓު ލުމަށްފަހު ރައްޔިތުން މާލެ އަރާ ރައީސް ޔާމީންގެ އިސްތިއުފާ ގޮވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ މިއަދު ކުރެއްވި ހެނދުނު ކުރެއްވި ޓްވީޓެއްގަ އެވެ.
Yameenuge verikan hama ekani vote akun nuninmeyne. Vote in bali kurumah fahu hama e dhuvahu magu machchah nikume eynaa magaamun isthiufaa dheyn govaalan jeheyne. Vote laa nimigen enmen Male’ aran vaane. Mi kan ninmeynee fisaari kerigen.
— Ali Hussain (@AleeVoice) July 22, 2018
އެ ޓްވީޓްގައި އޭނާ ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ހަމައެކަނި ވޯޓަކުން ނުނިމޭނެ ކަމަށާއި ވޯޓުން ބަލި ކުރުމަށްފަހު ހަމަ އެ ދުވަހު މަގު މައްޗަށް ނިކުމެ އެމަނިކުފާނު މަޤާމުން އިސްތިއުފާ ދޭން ގޮވާލަން ޖެހޭނެ ކަމަށެވެ.
"ވޯޓު ލާ ނިމިގެން އެންމެން މާލެ އަރަން ވާނެ. މިކަން ނިމޭނީ ފިސާރި ކެރިގެން"، އަލީ ހުސެއިން ވިދާޅުވެފައި ވެއެވެ.
އަލީ ހުސެއިން ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ގެ ރަނިންމޭޓަކަށް ވެސް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައްވާފަ އެވެ. އެހެންނަމަވެސް އަލީ ހުސެއިން ބަލިކުރެއްވުމަށްފަހު އިދިކޮޅު ރަނިންމޭޓުކަން ހޯއްދެވީ ފައިސަލް ނަސީމް އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަ ދުވަހު އެވެ.