ކަނޑައެޅިފައިވާ ގޮތަށް މާދަމާ ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް ހުޅުވާލާނެކަމަށް އިލެކްޝަން ކަމިޝަންއިން ބުނެފިއެވެ.
އިލެކްޝަން ކަމިޝަނުން މިކަން އިއްލާންކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައެވެ.
އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ތާވަލާއި އެއްގޮތަށް މާދަމާ އިންތިހާބަށް ކުރިމަތިލުމަށް އިއްލާން ކުރާނެކަމަށެވެ. އިލެކްޝަންއިން ވަނީ ރިޔާސީ އިންތިހާބުގެ ގަވާއިދު ގެ އިސްލާހު މިއަދު ގެޒެޓު ކުރައްވާފައެވެ.