Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ގަމުން ޑާކާ އަށް ނަގާ ބެގެޖް އެލަވެންސް ބޮޑުކޮށްފި

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް ގަމުގައި - ފޮޓޯ: އަވަސް

ސ. ގަމުން ދަތުުރު ކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ސްރީލަންކަން އެއާލައިންސްގެ ފަރާތުން ފަށައިފިއެވެ.

ސްރީލަންކަން އިން ބުނީ އެ ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން ގަމުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އަދި ޑާކާ އިން ގަމަށް ދާ ކޮންމެ އިކޮނޮމިކް ކްލާހުގެ ޓިކެޓަކަށް 40 ކިލޯގެ ބެގެޖް އެލަވެންސެއް ލިބޭނެ ކަމަށެވެ.

އެގޮތުން އެ އެއާލައިން އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރައްވަން ބޭނުންފުޅު ފަރާތްތަކުން މި ހިނގާ ޖުލައި މަހުގެ 19 އިން ފެށިގެން އަންނަ އޮގަސްޓް މަހުގެ 15ގެ ނިޔަލަށް ޓިކެޓް ނަންގަވަން ޖެހޭނެކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން މި މުއްދަތުގައި ޓިކެޓް ނަންގަވާ ފަރާތްތަކަށް ޖުލައި 19 އިން ފެށިގެން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ދަތުރު ކުރެވޭނެ ކަމަށްވެސް ސްރީލަންކަން އިން ބުނެއެވެ.

އާންމު އުސޫލުން ސްރީލަންކަން އެއާލައިންސްގެ އިކޮނޮމިކް ކްލާސް ޓިކެޓްގެ ބެގެޖް އެލަވަންސް އަކީ 30 ކިލޯގްރާމެވެ.

ސްރީލަންކަންގެ މި ޕްރޮމޯޝަން އާއި ގުޅޭ މައުލޫމާތުތަކާއި ރިޒަވޭޝަން ހެއްދުމަށް ސްރީލަންކަންގެ ޖެނެރަލް ސޭލްސް އެޖެންޓް އޮފީހުގެ މޮބައިލް ނަންބަރ 7978966 އަށް ވައިބަރ ނުވަތަ ފޯނުކޮށްގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.