Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބަޔަކު ޒަހަމްކޮށްލައިފި

ހިތަދޫ ޕޮލިސް ސްޓޭޝަން

ހިތަދޫގައި މިރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މައުޅުމާތު ލިބިފައިވާ ގޮތުގައި އެ ދެޒުވާނުންގެ ބޮލަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ މާރާމާރީގައި ޒަހަމްވި ދެ ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ ދެ ޒުވާނުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ނަޖީބް ވިދާޅުވިއެވެ.

މާރާމާރީ އާއި ގުޅިގެން ފުލުހުން ހިތަދޫ ތެރޭގައި ހަރަކާތްތެރިވަމުންދާ އިރު މި މާރާމާރީ އާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ނިމިގެން ދިޔަ ރަމަޟާން މަހުގެ ތެރޭގައި ގްރޫޕްތަކުގެ މެދުގައި މާރާމާރީ ހިންގާފައިވާ އިރު މާލެއިން އެސްއޯ ފުލުހުން ގެނެސް ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.