ހިތަދޫގެ ދެ ގްރޫޕެެއްގެ ދެމެދުގައި މިރޭ ކުރިއަށްދިޔަ މާރާމާރީ އާއި ގުޅިގެން 26 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިރޭގެ މާރާމާރީގައި ދެ ޒުވާނެއްގެ ބޯފަޅާލައި، ހިތަދޫ ބޮޑު މަގުން ދުއްވާފައި ދިޔަ ސައިކަލެއް މަޑު ކުރުވައި ވަނީ އަންދާލާފައެވެ.
މާރާމާރީ އާއި ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް ހައްޔަރު ކުރި މީހުންގެ ރަސްމީ އަދަދެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
އައްޑޫގައި މިރޭ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގި އިރު ފާއިތުވި ދެ ރޭ ހުޅުމާލޭގައި ވެސް ވަނީ ތޫނު އެއްޗަކުން ޒުވާނަކަށް ހަމަލާދީފައެވެ.