"އަބަދަށް ޒުވާން" ރޭކާ އިންދަރު ކުމާރުގެ އާ ފިލްމް "ސްޕަ ނާނީ" ގައި މާމައެއްގެ ރޯލް ކުޅެން އެއްބަސްވެއްޖެ އެވެ.
"ދިލް"، "ބޭޓާ" އަދި "މަސްތީ" ފަދަ ކާމިޔާބް ފިލްމްތައް ޑައިރެކްޓްކޮށްފައިވާ އިންދަރުގެ އާ ފިލްމްގައި ރޭކާ ފެނިގެން ދޭނީ ޝަރުމަން ޖޯޝީގެ މާމަގެ ގޮތުގައި ކަމަށް އިންދަރު ބުންޏެވެ.
އޭނާ ބުނީ މި ފިލްމް ކުޅެން ރޭކާ، 58، އެއްބަސްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ސަބަބަކީ ފިލްމުގައި ދައްކުވައިދޭ ނާނީގެ ކެރެކްޓާ އާއި ރޭކާ އާ ވަރަށް ބޮޑަށް ގުޅުމެވެ. އަދި ފިލްމްގެ ސްކްރިޕްޓް ކިޔައި ދިނުމާ އެކު އިތުރު އެއްވެސް ސުވާލެއް ނެތި "ސްޕަ ނާނީ" ކުޅެން ރޭކާ އެއްބަސްވުމަކީ ފިލްމްގެ ވާހަކަ އޭނާ އަށް ވެސް ވަރަށް ބޮޑަށް ކަމުގޮސްފައިވާކަން ކަމަށް ގަބޫލް ކުރެވޭ ކަމަށް އިންދަރު ބުންޏެވެ.
މިއީ ވެސް އިންދަރުގެ އެހެން ފިލްމްތަކޭ އެއްގޮތަށް ހެއްވާ މަޖާ ހާދިސާތައް ދައްކުވައިދޭ އާއިލީ ފިލްމެކެވެ.
ރޭކާ މީގެ ކުރިން ވަނީ ބައެއް އެހެން ފިލްމްތަކުގައި ވެސް މުސްކުޅި ކެރެޓްތާއް އަދާކޮށްފަ އެވެ. އެގޮތުން "ދިލް ހޭ ތުމާރާ" ގައި މަހީމާ ޗައުދަރީގެ މަންމަ އަދި "ކޮއި މިލްގަޔާ" ގައި ރިތިކް ރޯޝަންގެ މަންމަގެ ރޯލް ވެސް ރޭކާ އަދާކޮށްފައި ވެ އެވެ. މީގެ އިތުރުން އެ ފިލްމްގެ ސީކްއެލް "ކްރިޝް" ގައި ރޭކާ ކުޅެފައި ވަނީ ރިތިކްގެ މާމަގެ ރޯލެވެ.
ފިލްމްގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ އިރު، "ސްޕަ ނާނީ" ގައި އިންދަރުގެ ދަރިފުޅު ޝްވޭތާ ކުމާރު ވެސް މުހިއްމު ރޯލެއް އަދާ ކުރާނެ އެވެ.
އޭނާ ފެނިގެން ދިޔަ ފުރަތަމަ އަދި ފަހު ފިލްމަކީ ހިމޭޝް ރޭޝަމިޔާ ލީޑް ރޯލް ކުޅުނު "ކަރްޒް" ގެ ރީމެކިން އެވެ.