Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ހޫނު ގަދަވެގެން ޖަޕާނުގައި އެތައް ބަޔަކު މަރުވެއްޖެ

ޖަޕާނުގެ އެކި ހިސާބުތަކުގައި ހޫނުމިން މަތިވެ، ހޫނުގެ ސަބަބުން އެތައް ބަޔަކު މަރުވެއްޖެއެވެ.

މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހޫނު ގަދަވުމުގެ ސަބަބުން 44 މީހަކު ވަނީ މަރުވެފައެވެ. ހޮނިހިރު ދުވަހު އެކަނިވެސް އެގައުމުގެ އެކި ހިސާބުތަކުން 11 މީހަކު މަރުވެފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.

ޚަބަރު ލިބޭ ގޮތުގައި ޖަޕާނުގެ ފިނި ހޫނުމިން 40 ޑިގްރީ ސެލްސިއަސް އާ ކައިރިކޮށްފއަިވެއެވެ. އިއްޔެގެ މެންދުރު ޖަޕާނުގެ ފިނިހޫނުމިން ހުރީ 39.5 ޑިގްރީ ސެލްސިއަސްގައެވެ.

ކަމާ ބެހޭ މާހިރުން މައުލޫމާތު ދޭ ގޮތުގައި މިހޫނުން ސަލާމަތްނުވެވި މަރުވާ މީހުންގެ އަދަދު 100 އަށް އެރުން ގާތެވެ. އަދި ހޫނުމިން އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޚަބަރު ލިބިފައިވެއެވެ.

ހޫނުގެ ސަބަބުން މީހުން ޑީހައިޑްރޭޓުވުމާއި އާދަޔާޚިލާފަށް ވަރުބަލިކުރުމާއި ނިދި ނައުމާއި އާދަޔާ ޚިލާފަށް ބޮލުގައި ރިއްސުން އަދި ސްޓްރޯކް ވެސް ޖެހިގެން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.