Last Updated: July 27, 18:03
Monday, July 27, 2026
ދުނިޔެ

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އިރާނަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނުގެ ރައީސް ހަސަން ރޫހާނީއަށް ވަރުގަދަ އިންޒާރެއް ފޮނުވައިފިއެވެ.

ޓުވިޓާ މެދުވެރިކޮށް ޓްރަމްޕް ހަސަން ރޫހާނީއަށް އިންޒާރުކުރީ އެމެރިކާއާ އަށް އިންޒާރު ނުދިނުމަށް ބުނެއެވެ. ދީފިނަމަ މީގެ ކުރިން ދެކެފައިނުވާ ފަދަ ކަންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

އަދި އެ ގައުމަކީ އިރާނުގެ ފާޑުކިޔުންތަކާ އިންޒާރުތަކަށް ޖެހިލުންވާނެ ގައުމެއް ނޫން ކަމަށާއި ދެން އެގައުމުން މަޑުން ނުތިބޭނެ ކަމަށް ވެސް ޓްރަމްޕްގެ ޓުވީޓުގައި ބުނެފައިވެއެވެ.

ޓްރަމްޕް މިފަދަ އިންޒާރެއް އިރާނަށް ފޮނުވާފައިމިވަނީ އެމެރިކާއިން އިރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އެހަނގުރާމަ ވާނީ ހުރިހާ "ހަނގުރާމަތަކެއްގެ މަންމައަށް" ކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެންނެވެ.