Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

"ލާދީނީ ކަމެއް ވާނީ ހަމަ ލާދީނީ ކަމަކަށް"

އިސްލާމް ދީނާ ޚިލާފުވާ ކޮންމެ ކަމަކީ ލާދީނީ ކަމެއް ކަމަށާއި އެއީ ކޮންމެ މީހަކު ކުރި ކަމެއް ވިޔަސް ތަފާތެއް ނެތް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދުވެސް ލާދީނީ ކަންކަން ހިނގަމުންދާ ކަމަށާއި އެކަންކަމަކީ ލާދީނީ ކަންތައް ނޫންކަމަށް ބުނެވޭނެ ސަބަބެއް ނެތް ކަމަށެވެ.

"ދީނާ ޚިލާފު ކަމެއް ކޮންމެފަދަ ބޭފުޅަކު ކުރެއްވިޔަސް އެ ވާނީ ހަމަ ލާދީނީ ކަންކަމުގަ، މިއަދު ކުރެވެމުންދާ ދީނާ ޚިލާފު ކަންކަމަށް ލާދީނީ ކަންކަމޭ ނުބުނެވޭނެ އެއްވެސް ސަބަބެއް ނެތް"

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ ރިސޯޓެއްގައި މޮނިއުމެންޓުތައް ހަދައިގެން އުޅޭ ވާހަކަ ސޯޝަލް މީޑިޔާގައި ދެކެވިގެންދާ ދަނޑިވަޅެއްގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި މީހުންގެ މޫނާއި ސިންގާ ފަދަ ބުދުތައް އެކުލެވޭ މޮނިއުމެންޓުތައް ބެހެއްޓުމާ ދެކޮޅަށް އިލްޔާސް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އިލްޔާސް ވަނީ ފަހަކަށް އައިސް މިސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުން ވަނީ އިލްޔާސްއަށް ދީފައިވާ ހުއްދަތައްވެސް ހިފަހައްޓާފައެވެ.