މިޞުރުގެ ފަސްދޮޅަސް ހަވަނަ ޤައުމީދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ޢަބްދުލް ފައްތާޙް އަލް ސީސީއަށާއި ބޮޑުވަޒީރު މުސްޠަފާ މަދްބޫލީއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މިޞުރުގެ ރައީސަށް ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި މިސްރުގެ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެފައިވަނީ ދެޤައުމުގައި ހުރި އެއްގޮތް ޤަބޫލުކުރުންތަކުގެ ސަބަބުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެޤައުމުގެ މިގުޅުން ކުރިއަށްއޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައިވެސް އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސް މިޞުރުގެ ބޮޑުވަޒީރު މުސްޠަފާ މަދްބޫލީއަށް ފޮނުއްވި މެސެޖުގައި، މިޞްރާއި ރާއްޖެއަކީ އަޚުވަންތަ ދެޤައުމު ކަމުގައި ވިދާޅުވެ، ދެޤަމުގެ ސިޔާސި ގުޅުން ހަރުދަނާކުރެއްވުމަށް އިތުރަށް މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވަފައި ވެއެވެ.
މި މެސެޖުތަކުގައި ރައީސް ޔާމީން ވަނީ މިޞުރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައްޔިތުންނަށާއި ސަރުކާރަށް ތަހުނިޔާ ވިދާޅުވެފައެވެ.
މިޞުރުގައި ޤައުމީދުވަސް ފާހަގަކުރަން ފަށާފައިވަނީ 1952 ވަނަ އަހަރު މިޞްރުގެ ވެރިކަމުގެ ނިޒާމަށް ގެނެވެނު ޒަމާނީ ޖުމުހޫރިއްޔަތުގެ އިންގިލާބީ ބަދަލާގުޅުވައިގެންނެވެ.