Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ފުލުހުންނަށް ހުރަސް އަޅާ ނަމަ ހަރުކަށި ފިޔަވަޅު އަޅާ: ނަވާޒު

ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ ފަރާތްތަކަށް ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް ޝަރުއީ ދާއިރާއަށް އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަހުމަދު ނަވާޒު އެދިވަޑައިގެންފިއެވެ.

ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަ ކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތުގައި ނަވާޒު ވިދާޅުވީ ފުލުހުންނަކީ މަދަނީ އަމްނު ހިފެހެއްޓުމުގެ އައްޑަނަ ކަމަށެވެ.

މިއަދަކީ ފުލުހުންގެ ހިދްމަތުގައި ދެމި ތިއްބަވަނިކޮށް ނިޔާވެފައިވާ ފުލުހުންގެ އަގުވަޒަން ކުރުމަށް ފާހަގަ ކުރާ ފުލުހުންގެ މެމޯރިއަލް ޑޭއެވެ.

ނަވާޒު ދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި މިހާރުވެސް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންނަށް އަނިޔާކުރުމުގެ ގިނަ މައްސަލަތަކެއް ޕީޖީއަށް ފޮނުވާފައިވާ ކަމަށް ނަވާޒު ވިދާޅުވިއެވެ.

މިމައްސަލަތައް ވިހާވެސް އަވަހަށް ނިންމަވައިދެއްވުމަށް، ނަވާޒު ވަނީ އެދިވަޑައިގެންނެވިއެވެ.