Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ރަނިންމޭޓްގެ އިންތިހާބު ބާޠިލުކޮށް ދޭން ހުށަހަޅައިފި

އިއްތިހާދުގެ ރަނިންމޭޓު ކަނޑައެޅުމަށް ޖުމްހުރީ ޕާޓީގެ އެތެރޭގައި ބޭއްވި އިންތިހާބު ބާޠިލްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރަނިންމޭޓު އިންތިހާބު ބާޠިލްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޖުމްހުރީ ޕާޓީގައި އިސްކޮށް ކުރިން ހަރަކާތްތެރިވި މޫސާ އަންވަރުއެވެ.

އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅެމުންދާ މޫސާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީ ކައުންސިލްގައި ނެގި ވޯޓުގެ ތެރެއިން ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައެޅި ވޯޓަކީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއަށް ލިބުނު ވޯޓެއްގެ ގޮތުގައި ކަނޑައަޅައި އިއްތިހާދުގެ މިހާރުގެ ރަނިންމޭޓު ފައިސަލް އާއި އަލީ ހުސެއިންގެ މެދުގައި ދެވަނަ ބުރެއް ބާއްވައި ދިނުމަށެވެ.

ރަނިންމޭޓަކަށް ފައިސަލް ހޮވުނީ 15 ވޯޓުންނެވެ. އަލީ ހުސެއިންއަށް ލިބި ލެއްވީ 14 ވޯޓެވެ.

މޫސާ އަންވަރު ކޯޓަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި އަދި ރަޖިސްޓްރީކޮށްފައި ނުވެއެވެ.