Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

"ރާވެރިބޭ ކޮއްތުވެނި" ގެ ނަމުގައި ފުޑް ކޯޓުތައް ހުޅުވައިފި

"ރާވެރިބޭ ކޮއްތުވެނި" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކުރިން ހާބަރު ކަޑަތައް ހުރި ތަނުގައި "ރާވެރިބޭ ކޮއްތުވެނި" ގެ ނަމުގައި ތަރައްޤީ ކުރި ފުޑް ކޯޓްތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު ރާވެރިބޭ ކޮއްތުވެނި ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ ރާވެރިބޭ މައިޒާން ސަރަހައްދުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރާވެރިބޭ ކޮއްތުވެނި ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި، އެސް.ޓީ.އޯ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ކޮއްތުވެނި ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ކޮއްތުވެނީގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.