Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އަހަރު ނިމެންދެން ހެލިކޮޕްޓަރުތައް ބަހައްޓަނީ

21 އެޕްރީލް 2018. ހިތަދޫގައި މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ހެލިކަޕްޓަރު ހަރަކާތްތެރިވަނީ

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގައި ބެހެއްޓުމަށް އިންޑިޔާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައިވާ މިދަނޑިވަޅުގައި އިންޑިޔާއިން ވަނީ ހެލިކޮޕްޓަރުތައް އެގައުމަށް އަނބުރާ ނެގުމަށް ނިންމާފައެވެ.

ނަމަވެސް ދިވެހި ސަރުކާރާ ދެމެދު މިހާރު ހެދުނު އެއްބަސްވުމުގެ ދަށުން ހެލިކޮޕްޓަރު ދުއްވުމާއި މަސައްކަތުގައި ރާއްޖޭގައި ތިބި އިންޑިޔާގެ 48 ރައްޔިތުންވެސް ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގައި ތިބޭނެއެވެ.

އިންޑިޔާގެ ނޫސްތަކުން މިގޮތަށް ރިޕޯޓުކޮށްފައިވި ނަމަވެސް އިންޑިޔާ ސަރުކާރުން އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އަދި ފޮރިން މިނިސްޓްރީންވެސް ހެލިކޮޕްޓަރުތަކާ ގުޅޭ ގޮތުން ބަހެއް ބުނެފައިނުވާކަން ފާހަގަކޮށްލެވެއެވެ.