Last Updated: June 25, 23:09
Thursday, June 25, 2026
މުނިފޫހިފިލުވުން

އެވޯޑަށް ފިލްމްތައް ބައިވެރި ކުރަން ހުޅުވާލައިފި

މި ދިޔަ އަހަރުގެ ހަފްލާގެ ތެރެއިން. ފޮޓޯ: ގޫގުލް

ކޮންމެ އަހަރަކުވެސް ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" ގައި ފިލްމުތައް ބައިވެރި ކުރުމަށް ހުޅުވާލައިފިއެވެ.

އެންސީއޭ އިން ބުނީ "ދިވެހި ފިލްމް އެވޯޑްސް 9" ގެ ނަމުގައި ބާއްވާ މި އަހަރުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

މިދިޔަ އަހަރު ނެރެފައިވާ ފިލްމްތަކަށް ޚާއްސަކޮށްގެން ބާއްވާ މި އަހަރުގެ އެވޯޑް ހަފްލާގައި ފިލްމްތައް ބައިވެރިކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، ފިލްމްތައް ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޮގަސްޓް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

އެންސީއޭ އިން ބުނީ "ދިވެހި ފިލްމް އެވޯޑްސް 9" ގެ އުސޫލް އަދި ބައިވެރިވުމަށް އެދޭ ފޯމް އެ ސެންޓަރުގެ ކައުންޓަރުންނާއި ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށެވެ.

މި އެވޯޑް ދިނުމުގެ މަޤްސަދަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުން ކަމަށް އެންސީއޭ އިން ބުނެއެވެ.