Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އާ ޕާޓީއެއް އުފައްދަން އީސީން ހުއްދައެއް ނުދިން

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން - ފޮޓޯ: މޯލްޑިވްސްޓައިމްސް

ޤާނޫނީ ވަކީލު، އަބްދުﷲ ހަސީން އެމްޑީޕީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކޮމިޝަނުން ހުއްދަ ނުދޭން ނިންމައިފި އެވެ.

އީސީ އިން މިކަން ހާމަކޮށްފައި ވަނީ މިއަދު ހަވީރު ކުރި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ބުނެފައި ވަނީ 'މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ' ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް އީސީ އަށް ހުށަހަޅާފައިވާ ކަމަށާއި، އެކަމަކު އެ ކޮމިޝަނުން އެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ވެސް އާ ދެ ޕާޓީއެއް އުފައްދަން ބަޔަކު އީސީއަށް ހުށަހެޅި އެވެ. ނަމަވެސް ބައެއް ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް ބުނެ އެ ދެ ޕާޓީއަށް ހުއްދައެއް ނުދެ އެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި ވަނީ ހަ ސިޔާސީ ޕާޓީއެކެވެ.