Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަނީ

ފުލުހުންގެ މައި އިދާރާ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

ރޭ މާލޭގައި އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި މިއަމަލު ހިންގާފައިވަނީ ދެމީހަކު ވެގެންނެވެ. ރޭޕްކޮށްފައިވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި، އެކުއްޖާ ރޭޕްކުރީ ކިޔަވަމުންދާ ކޮލެޖު ކުރިމަތިން ދެމީހުން ވެގެން ހިފަހައްޓައި، ތަނަކަށް ވެއްދުމަށް ފަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން މިފަދަ މައްސަލައެއް ބަލަމުންދާ ކަން ކަށަވަރުކޮށްދީފައިވި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ދެމީހުން ވެގެން އަންހެން ކުއްޖާ ހިފެހެއްޓި އިރު އެހިސާބުގައި ބައެއް މީހުން ތިބި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އަންހެން ކުއްޖާގެ އެހީއަށް އެއްވެސް މީހަކު ގޮސްފައިނުވާ ކަމަށް އެނގިފައިވެއެވެ.

މާލޭގެ އާޓް ސްޓޫޑިއޯ އެއް ތެރޭގައި އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ގދ. ތިނަދޫއިން ވަނީ މީހަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވެސް ފޮނުވާފައެވެ.