Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

މާވާ މުހައްމަދު މަނިކު އަވަހާރަވެއްޖެ

ޑރ. މާވާ މުހައްމަދު މަނިކު - ފޮޓޯ: ޓްވިޓާ (ވީނިއުސް)

މަޝްހޫރު ދިވެހި ބޭސްވެރިޔާ މާވާ މުހައްމަދު މަނިކު (ޑރ. މުހައްމަދު މަނިކު) މިއަދު އަވަހާރަވެއްޖެ އެވެ.

ބަލިވެ އުޅުއްވާތާ ދުވަސްތަކެއްވުމަށް ފަހު އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މުހައްމަދު މަނިކު އަވަހާރަވީ އުމުރުން 85 އަހަރުފުޅުގަ އެވެ.

ދިވެހި ބޭހާއި ހަކީމީ ބޭހުގެ އިތުރުން ޑޮކްޓަރީ ބޭސް ބޭނުންކޮށްގެން ފަރުވާ ދިނުމުގައި މެދުނުކެނޑި 45 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖެއަށް ޚިދުމަތް ކުރައްވާފައިވާ މުހައްމަދު މަނިކު އުފެއްދެވި ބައެއް ބޭސްތައް އިންޑިއާ އަށާއި ސްރީލަންކާއަށް ވެސް އެކްސްޕޯޓްކޮށްފައިވެ އެވެ.

އަދި އައްޑޫ ބަޣާވަތުގެ ދުވަސްވަރު ވެސް ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް އަމިއްލައަށް ބޭސް ތައްޔާރުކުރައްވައިގެން ވެސް މުހައްމަދު މަނިކު ވަނީ ފަރުވާދެއްވާފައެވެ.

ޑރ. މުހައްމަދު މަނިކަމަށްވަނީ ބޭސްވެރިކަމުގެ ދާއިރާއިން 2000 ވަނަ އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ލިބިވަޑައިގެންފައެވެ.

މާވާ މުހައްމަދު މަނިކުގެ މައްޗަށް ކުރާ ކަށު ނަމާދުކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.