މާލޭގައި މިރޭ 14 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ 14 އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާ ދިންކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިރުއޮއްސި 6:30 ހާއިރު ކަމަށާއި، މި ހާދިސާގައި އެކުއްޖާގެ ބޮލުގެ ދެތަނަކަށް ވަޅިން ހަމަލާ ދީފައިވާ ކަމަށެވެ.
ނަމަވެސް އެކުއްޖާގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.