Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އިބޫއަކީ ވަގަށް ނެގި ފައިސާ ހޯދާނެ ލީޑަރު: ޖަމީލް

އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އަކީ މިހާރުގެ ސަރުކާރުން ދައުލަތުގެ ބައިތުލްމާލުން ވަގަށް ނަގާފައިވާ ފައިސާ އާއި، ހީލަތްތެރި މަޝްރޫއުތަކުން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދާނެ ލީޑަރުކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ވެސް ހުންނެވި ޖަމީލް ކުރެއްވި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާއިތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ މުއްސަނދިކަން ފޭރި މުދާތައް ލޫޓުވާފައި ވަނީ ކުޑަ މިންވަރެއްގެވެސް ލަދުވެތިކަމެއް ނެތި ކަމަށެވެ.

އޭނާ ވިދާޅުވީ އިބޫއަކީ ރާއްޖޭގެ މައިތުލްމާލުން ވަގަށް ނަގާފައިވާ ފައިސާއާއި، ހީލަތްތެރި މަޝްރޫއުތަކުން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދާނެ ލީޑަރަށް ވާނެ ކަމަށެވެ.

ޑރ ޖަމީލް ވިދާޅުވި ގޮތުގައި އޮބޫ ވެގެން ދާނީ ތެދުވެރިކަމާއި އަމާނާތްތެރި ލީޑަރަކަށެވެ.

އެހެންވެ ރައްޔިތުން ނިކުމެ ވޯޓް ދީ ރާއްޖެ އަށް އުފާވެރި ދުވަސްތަކެއް ހޯދުމަށް ގޮވާލައްވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮންމެ ވޯޓަކީ ވެސް މުހިންމު ވޯޓެއް ކަމަށާއި ހުރިހާ ރައްޔިތުން ވެސް ނިކުމެ ވޯޓް ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.