Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ކާލަމާ: ކޯލިފްލާވާ ރައިސް

* ބޭނުންވާ ތަކެތި:

2 ޖޯޑު ބަތް
1 ކޯލީފްލާވަ (ކޮށާފައި)
1 މޭޒުމަތީ ސަމުސާ ކާށި ތެޔޮ
2 ރަތް ތޮށި މިރުސް (ތުނިކޮށް ކޮށާފައި)
ކުޑަ އިނގުރުކޮޅެއް (ތޮށިމަށައި، ކުދިކޮށް ކޮށާފައި)
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
4 ފިޔާ (ތުނިކޮށް ކޮށާފައި)
ލޮނު އަސޭމިރުސް

* ތައްޔާރު ކުރާނެ ގޮތް:

މިކްސަރެއްގައި ކޯލިފްލާވަތައް ހިމުން ވަންދެން މުގުރައިލާށެވެ. އެއަށް ފަހު ތާހެއްގައި މަޑު ގިނީގައި ކާށި ތެޔޮކޮޅު ހޫނު ކުރާށެވެ. މީގެތެރެ އަށް މިރުސް، ލޮނުމެދު، އިނގުރު އަދި ފިޔާކޮޅު އަޅާ މީރުކޮށްލާށެވެ.

ދެން މީގެ ތެރެއަށް ކޯލީފްލާވަ އަޅައިލާށެވެ. ދެން ލޮނު އަދި އަސޭމިރުސް އަޅާށެވެ. އެއަށް ފަހު 20 މިނެޓް ނުވަތަ ކޯލިފްލާވަތައް ރީނދޫ ވަންދެން ކައްކެމަށް ފަހު އޭގެ ތެރެއަށް ބަތް އަޅާފައި އެއްކޮށްލާށެވެ.