Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ލައިވް: އިބޫގެ ކެންޑިޑެންސީ ފޯމް ހުށަހެޅުން

މާލެ (26 ޖުލައި)- ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންށިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓު ފައިސަލް ނަސީމްގެ ކެންޑިޑޭސީ ފޯމް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނަށް ދިއުމަށް އެމްޑީޕީ އޮފީސް ކުރިމަތިން ފަށައިފިއެވެ.

ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ގިނަ ބަޔަކާއި އެކު އިބޫ އާއި ފައިސަލް މިހާރު ހިނގަމުން ދަނީ އިލެކްޝަން ކަމިޝަނަށް ދިއުމަށެވެ. މިއަދުގެ ހަރަކާތް ކުރިއަށް ދަނީ ސަގާފީ ބޮޑު ބެރުގެ އައިޓަމާއެކުއެވެ.

މިއަދުގެ ހަރަކާތް ކުރިއަށްދާއިރު އެންމެ ކުރީގައި ބޮޑު ބެރުގެ ޖަހާ މީހުން ތިބި އިރު އެމީހުންގެ ފަހަތުން ގުޅިފައިވާ ސިޔާސީ ޕާޓީގެ ފަސް ވައުދު ހިފައިގެން އެއް ބަޔަކު ތިބި އިރު އެމީހުންގެ ފަހަތުގައި ގައުމީ ދިދަ ހިފައިގެން ހުންނެވީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއެވެ.

ޝިފާޒުގެ ފަހަތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ދިދަ ހިފައިގެން ތިބި އިރު އެމީހުންގެ ފަހަތުގައި އިބޫ އާއި ފައިސަލް ގިނަ ރައްޔިތުންނާއި އެކު ތިއްބެވި މަންޒަރު ފެނިގެންދެއެވެ.

ފޯމު ހުށަހެޅުމަށް ގިނަ ބަޔަކު އެމްޑީޕީ އޮފީސް ކައިރިއަށް އެއްްވުމާއި އެކު އެ ސަރަހައްދަށް އެސްއޯ ފުލުހުން ގޮސް އެމީހުންގެ ކުރިމަތީގައި ސަފު ހެދި މަންޒަރުވެސް ފެނިގެން ދިޔައެވެ. ނަމަވެސް އިރުކޮޅަކުން ފުލުހުންގެ ސަފު ރޫޅާލައި ފުލުހުން ވަނީ އެސަރަހައްދުން ގޮސްފައެވެ. އޭގެ ފަހުން އިބޫ އާއި ފައިސަލް އެމްޑީޕީގެ އޮފީހުން ނިކުމެ ވަޑައިގެން އެއްވެފައިވާ ރައްޔިތުންނާއި ގުޅިވަޑައިގެން ދަތުރު ފަށާފައިވާ އިރު ފުލުހުންގެ ހުރަސް އެޅުމުގެ މަންޒަރު ފެނިގެން ނުދެއެވެ.

ތަފްސީލް….