Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

އިބޫގެ ކެންޑިޑެސީ ފޯމް އީސީ އަށް ހުށަަހަޅައިފި

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓު ފައިސަލް ނަސީމުގެ ކެންޑިޑޭސީ ފޯމު އިލެކްޝަން ކަމިޝަނުގެ ރައީސް އަހުމަދު ޝަރީފު އާއި ހަވާލު ކުރައްވައިފިއެވެ.

އިބޫ އާއި ފައިސަލްގެ ކެންޑިޑޭސީ ފޯމު އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި ހަވާލު ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އިލެކްޝަންގެ ރައިސް އަހުމަދު ޝަރީފް ވިދާޅުވީ އިބޫގެ ކެންޑިޑެސީ ބަލައިގަތް ކަން ނުވަތަ ނޫން ކަން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އަންގާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ ކެންޑިޑެސީ ބަލައިގަތް ކަމުގެ ލިޔުން އަންނަ ހޮނިހިރު ދުވަހު ހަވާލު ކުރައްވާނެ ކަމަށެވެ.

ތަފްސީލް އަންނަނީ….