Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

7 މީހަކު ރިޔާސީ އިންތިހާބުގެ ފޯމު ނެގި: ޝަރީފް

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ހަތް ފަރާތަކުން ފޯމު ނަންގަވާފައިވާކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.

އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެންޑިޑޭސީ ފޯމު އިލެކްޝަން ކަމިޝަނާއި ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ކަމިޝަނުގެ ރައިސް އަހުމަދު ޝަރީފު ވިދާޅުވީ ހަތް ފަރާތަކުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ފޯމު ގެންދަވާފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްއަށް އިލެކްޝަނުން އިސްވެ ފޯމު ފޮނުއްވި ކަމަށެވެ. ނަމަވެސް މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހެޅީ އެމްޑީޕީން ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންމޭޓު ފައިސަލްގެ ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީ އޮފީހުގެ ކުރިމަތިން ގިނަ އަދަދެއްގެ ބަޔަކާއި އެކު ހިނގާލާފައި ގޮސްގެން އިލެކްޝަން ކަމިޝަނަށް ގޮސްގެންނެވެ. މި ހަރަކާތަށް ފުލުހުން ހުރަސް އަޅާފައި ނުވާއިރު މިއީ ގިނަ ބަޔަކު ހިތްވަރު ލިބިގެން ދިޔަ ކަމެކެވެ.