މިނިވަން ދުވަހުގެ މުނާސަބަތުގައި ބައެއް ގައިދީންގެ އަދަބު ލުއިކޮށްދެއްވަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިކަމަށް އެމަނިކުފާންގެ ތަރުޖަމާނު ބުނެފިއެވެ.
ރައީސްގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީންގެ އަދަބު ލުއިކޮށްދެއްވުމަށް ނިންމަވާފައިވަނީ މިއަދު ފާހަގަ ކުރަމުންދާ މިނިވަން ދުވަހާއި ގުޅިގެންކަމަށެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްްގައި ބުނެފައިވަނީ އަދަބު ލުއިކޮށްދޭ ގައިދީންގެ ތެރޭގައި އިސްލާމީ ޝަރީއަތުގެ ހައްދު ކަނޑައެޅިފައިވާ ކުށްކޮށްފައި ތިބޭ މީހުންނާއި، މީހަކު މެރުމާއި ޓެރަރިޒަމާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުންދާ މީހުން ނުހިމެނޭނެ ކަމަށެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތުހަމަވާ މީހުންނަށް އަދަބު ލުއިކޮށްދޭން ރައީސުލް ޖުމްހުރިއްޔާ އެކަމަށް ކަނޑައަޅާފައިވާ ކޮމެޓީއަކުންނެވެ.